އެމްޕީއެލްގެ ތެލުގެ ޚިޔާނާތުގެ މައްސަލައިގައި ދެ މީހަކަށް ދިގު މުއްދަތުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބެންޖެހޭ 783,100 ލީޓަރުގެ ޑީސަލަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މައްޗަށް ކުށް ސާބިތުވެ، 8 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމަކާއެކު 6 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމޮށްފިއެވެ.

މި މައްސަލައިގައި ޚިޔާނާތްތެރިވުމާއި ސައްހަ ނޫން ލިޔެކިއުން އުފެއްދުމުގެ ކުށް ސާބިތުވެފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓުމަންޓުގެ ޗީފް މެނޭޖަރު، ސ. ފޭދޫ ވާރުގެ، މުހައްމަދު އައިމަން އާއި، އެފްއެސްއެމްގެ ތެޔޮ ބައުޒަރު ދުއްވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކޯޓުން އިއްވީ 8 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެއިތުރުން، ޚިޔާނާތްތެރިވި ތެލުގެ އަގަށްވާ 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށްވެސް ވަނީ އަންގާފައެވެ.

އެމްޕީއެލްގެ ހެޑްކުއޯޓާޒް, AI generated
އެމްޕީއެލްގެ

ތަފާސްހިސާބުތަކުން ދައްކާގޮތުން، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް އެމްޕީއެލްއަށް ނުލިބޭ 783,100 ލީޓަރުގެ ޑީސަލް ލިބިފައިވާކަމަށް ދައްކައި، 119 ޑެލިވަރީ ނޯޓު ވަނީ ސިސްޓަމުން ޕ୍ରޮސެސްކޮށްފައެވެ. އަދި އެ ޑެލިވަރީ ނޯޓުތައް ތައްޔާރުކޮށް ސޮއިކުރުމުގެ ތެރެއިން އެފްއެސްއެމްއަށް 6.7 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

މިފަދަ ބޮޑެތި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް