އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި

އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަމުންދާކަން އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހިމް (އައްޔަބެ) އެވެ.

އާއިލާގެ މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ، އައްޔަބެގެ ޚަބަރެއް އެންމެ ފަހުން ވީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓެއް ކަމަށް ވެސް އެ މީހާ ބުނެއެވެ.

އައްޔަބެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އަންގައިދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

ރިއެކްޝަންސް

ކޮމެންޓް