ދިއްގަރުގެ ހައުސިންގ ޔުނިޓުތަކުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް ކުރިއަށް

މ. ދިއްގަރުގައި ސަރުކާރުން އިމާރާތްކުރާ 75 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން، ދެވަނަ ޔުނިޓުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ދިއްގަރުގައި ބިނާކުރާ ކޮންމެ ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރ ރޫމެއް ހިމެނޭނެއެވެ.

ދިއްގަރުގައި ހައުސިންގ ޔުނިޓު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ރިއެކްޝަންސް

ކޮމެންޓް