ހދ. ކުޅުދުއްފުށި ސިޓީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގެ ޔަޤީންކަން އިތުރުކުރުމުގެ ގޮތުން އެ ރަށުގައި އަލަށް އިންސްޓޯލްކުރި 1.2 މެގަވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ބޭނުންކުރަން ފަށައިފިއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ، މި އައު ޖަނަރޭޓަރު ސެޓާއެކު ކުޅުދުއްފުށީގެ ކަރަންޓު ވިއުގައަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.




