އޭޝިއަން ކަޕް ޑިސެމްބަރު މަހަށް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރުގެ ކުރީކޮޅު ބާއްވަން ތާވަލުކޮށްފައިވާ އޭއެފްސީ އޭޝިއަން ކަޕް، އެއަހަރުގެ ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ހާމަކުރި ގޮތުގައި، އާ ތާވަލާއެކު މުބާރާތް ފެށޭނީ 2027 ވަނަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހުއެވެ.

މި ނިންމުން ނިންމީ ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަނާއި، މުބާރާތް އިންތިޒާމުކުރާ ލޯކަލް އޮގަނައިޒިން ކޮމިޓީ (އެލްއޯސީ) އާ މަޝްވަރާކޮށްފައި ކަމަށް އޭއެފްސީން ބުނެފައިވެއެވެ.

ތާރީހަށް ބަދަލު އައި ނަމަވެސް، މުބާރާތް ބާއްވާނީ ސައުދީ އަރަބިއްޔާގައެވެ.

މުބާރާތް ފަސްކުރުމަށް ނިންމީ، ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީންގެ މެދުގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ދައުރެއްގައެވެ.

ރިއެކްޝަންސް

ކޮމެންޓް