އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން މިއަދު ބާއްވާއިރު، ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ހިޔާލު ހޯދުމުގެ ސާވޭތަކާއި ދިރާސާތަކުން ދައްކާ ގޮތުގައި، ހައުސްގެ އަޣުލަބިއްޔަތު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ލިބުމުގެ ފުރުސަތު ބޮޑެވެ. ސެނެޓުގެ ކޮންޓްރޯލް ހޯދުމަށްޓަކައި، ޓެކްސަސް ފަދަ ރިޕަބްލިކަނުންގެ ބާރުގަދަ ސްޓޭޓްތަކުގައި ވެސް ޑިމޮކްރެޓުން ދަނީ ވަރުގަދައަށް ވާދަކުރަމުންނެވެ.
ވޯޓުލުމާ ދިމާކޮށް ކުރި ސާވޭތަކުން ދައްކާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕަށް އާންމުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި، ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ވަނީ ބޮޑުވެފައެވެ.




