އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ އޮޑިޓާ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ އަމަލީ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، ބިންގާ އަޅާފައިވަނީ 2024 ވަނަ އަހަރުގެ މާރޗް މަހު ކަމަށްވާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފާރު ރޭނުމުގެ މަސައްކަތްތަކަށް ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ޖުމ්ލަ 138.67 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކުރާ މި އާ އިމާރާތަކީ 6 ބުރީގެ، 23.1 މީޓަރު އުސް އިމާރާތެކެވެ. މި މަޝްރޫއުގެ ދަށުން 17,426.40 އަކަފޫޓުގެ ބިމެއްގައި ޖުމުލަ 77,718.10 އަކަފޫޓުގެ ޖާގައެއް ތަރައްގީކުރެވޭނެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މި އިމާރާތުގައި ގިނަ ވަސީލަތްތަކެއް ހިމަނާފައިވެއެވެ. އެގޮތުން، މަސައްކަތް ކުރުމަށް ފަހި މާހައުލެއްގެ އިތުރުން ޑޭކެއަރ ސެންޓަރަކާއި، ޕާކް ކުރާނެ ޖާގައާއި، ލައިބްރަރީއެއް އަދި ތަމްރީނާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއް މި އިމާރާތުގައި ހިމެނޭނެއެވެ.

ރިއެކްޝަންސް

ކޮމެންޓް