ބްރެޒިލްގެ ރައީސް ލޫލާއަށް ރައީސް މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި

ބްރެޒިލްގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި މި މެސެޖުގައި، ރައީސް ލޫލާއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރައީސް ލޫލާ އެ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދުމަތްތަކަށް ސާބަސް ދެއްވައި، ކުރިއަށް އޮތް ރިޔާސީ ދައުރުގައި އިތުރު ކާމިޔާބީތަކަށް އެދިވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، ރައީސް ލޫލާއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަންވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ކުރިން 2003 އިން 2010 އަށް ބްރެޒިލްގެ ވެރިކަން ކުރެއްވި ލޫލާގެ ހަތަރުވަނަ ރިޔާސީ ދައުރު ރަސްމީކޮށް ފަށްޓަވާނީ 2027 ޖަނަވަރީ 5 ގައެވެ.

ރިއެކްޝަންސް

ކޮމެންޓް