ބްރެޒިލްގައި ލޫލާ ދެވަނަ ދައުރަކަށް އިންތިހާބުވުމުން ލެޓިން އެމެރިކާއަށް ޓްރަމްޕް ގެންގުޅުއްވި އަމާޒުތަކަށް ބޮޑު ހުރަހެއް

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި،  ރައީސް ލުއިޒް އިނާސިއޯ ލޫލާ ސިލްވާ ދެވަނަ ދައުރަކަށް އެ ގައުމުގެ ވެރިކަމަށް އެނބުރި ވަޑައިގަތުމަކީ، ލެޓިން އެމެރިކާގެ ސަރަހައްދުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސީ އަދި އިގްތިސާދީ ނުފޫޒު ފުޅާކުރުމަށް ގެންގުޅުއްވި އަމާޒުތަކަށް ލިބުނު ބޮޑު ނަކާމިޔާބީއެއް ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ލޫލާގެ މި ކާމިޔާބީއާއެކު، ޓްރަމްޕްގެ އަރިސް ބައިވެރިއެއްގެ ގޮތުގައި ބެލެވުނު ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޕާޓީ އިން ވަނީ އިންތިހާބުގެ ނަތީއްޖާ ގަބޫލްކުރާކަން އިއުލާންކޮށްފައެވެ.

ބޮލްސޮނާރޯގެ ދައުރުގައި ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑު ތާއީދެއް ލިބިގެންދިޔައިރު، ލޫލާގެ ވާތުފިޔައިގެ ސަރުކާރެއް އައުމާއެކު، ލެޓިން އެމެރިކާގައި ކޮންސަވޭޓިވް ނުފޫޒު ގާއިމުކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްތަކަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.

ލޫލާގެ ސަރުކާރުން ބައިނަލްއަގުވާމީ މަޝްރަހުގައި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅުމަށާއި، ބްރިކްސް ޖަމާއަތުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް އިސްކަންދޭނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. މީގެއިތުރުން، އެމެރިކާގެ ނުފޫޒު ކުޑަކޮށް، ސަރަހައްދީ ގައުމުތަކުގެ މެދުގައި އަމިއްލަ އިގްތިސާދީ އަދި ސިޔާސީ ބަދަހިކަމެއް އުފެއްދުމަށް ލޫލާ މަސައްކަތް ކުރައްވާނެތީ، މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް