މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަނީ

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ ރަސްމީ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަލުން ޑިޒައިންކޮށް، ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެދިފައެވެ. އީއޯއައި ހުށަހަޅަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މޯލްޑިވިއަންގެ މެއިލަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދޭނީ މުއްދަތުގެ ކުރިން އީއޯއައި ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މޯލްޑިވިއަންގެ އީއޯއައި ފޯމާއި އާރުއެފްޕީ ޑޮކިއުމަންޓް ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ރިއެކްޝަންސް

ކޮމެންޓް