އަމީނީ މަގު ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފި

މާލޭގެ އަމީނީ މަގު އަލުން މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ރޭ މުޅިން ނިންމާލައިފިއެވެ.

މި މަސައްކަތް ހިންގަމުންދާ މޯލްޑิވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި ސެގްމެންޓުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާއިރު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ މަގުގައި މަގުމަތީގެ ނިޝާންތަށް ލުމުގެ (ރޯޑް މާކިންގެ) މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާތަކަށް ބަލާއިރު، ފުރަތަމަ ސެގްމަންޓް ކަމަށްވާ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އަދި ސެގްމަންޓް ދޭއްގެ މަސައްކަތް ވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. މިހާރު މަސައްކަތް ކުރިއަށްދާ ތިންވަނަ ސެގްމެންޓަކީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރިކެނޑި ހިނގުމާ ހަމައަށް އޮތް ސަރަހައްދެވެ.

ކުރީގެ ސަރުކާރުން ތާރުއަޅައި ހަދާފައިވާ އަމީނީ މަގުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި އަޑިގުޑަންތައް އުފެދި، އާންމުންނަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވުމާ ގުޅިގެން، މި މަގު އަލުން ފެންވަރު ރަނގަޅުކޮށް މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

ރިއެކްޝަންސް

ކޮމެންޓް