ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެން.އައި.އެޗް) އަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
ޕާކިސްތާނުގެ މިނިސްޓްރީ އޮފް ހެލްތު ސާވިސަސްގެ ދަށުން ހިންގާ މި މުއައްސަސާއަކީ، ސިއްޙީ ދާއިރާގެ ދިރާސާތައް ކުރުމާއި، ބައިލޮޖިކަލް އުފެއްދުންތައް އުފެއްދުމާއި، ބޭސްވެރިކަމާއި ޕަބްލިކް ހެލްތްގެ އެންމެ އިސް މުއައްސަސާއެވެ. 1965 ވަނަ އަހަރު ޤާއިމްކުރެވުނު މި އިންސްޓިޓިއުޓަކީ ސިއްޙީ ޚިދުމަތްތެރިންނަށް ތަޢުލީމާއި ތަމްރީނު ދިނުމުގައި ވެސް ފާހަނގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެކެވެ.

މި ޒިޔާރަތުގައި މެޑަމް ސާޖިދާ ވަނީ އެ އިންސްޓިޓިއުޓް ހިންގާ ގޮތް ބައްލަވާލައްވައި، ބަލިމަޑުކަން މޮނިޓަރ ކުރުމާއި، ވެކްސިން އުފެއްދުމާއި އަދި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތަނުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މުހިންމު މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ދިވެހިރާއްޖޭގެ ފަސްޓްލޭޑީގެ ހައިސިއްޔަތުން މެޑަމް ސާޖިދާ އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ޚާއްސަކޮށް އަންހެނުންގެ ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ވަރަށް އިސްކަމެއްދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މި ޚަބަރާ ގުޅޭގޮތުން އިތުރަށް އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވަނީ




