މަރާމާތުކޮށް ނިންމައި ހުޅުމާލޭ ލަކުޑި ޖެޓީ އަލުން ހުޅުވާލައިފި

ހުޅުމާލެ ފަޅުތެރެއަށް ވަން ބާޖަކުން ޖެހިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ހުޅުމާލޭ ލަކުޑި ޖެޓީ، މަރާމާތުކޮށް ނިންމުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންނަށް އަލުން ހުޅުވާލައިފިއެވެ.

ބާޖު ޖެހުމުން ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޑީސީން ވަނީ ޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

މިއީ ދުވަހުން ދުވަހަށް ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަން ވީހާވެސް އަވަހަށް މަރާމާތުކުރުމަށް އިސްކަންދީގެން މަސައްކަތްކުރި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް