ލައިޕްޒިގް އަތުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އާރުބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު، 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ވަނީ ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފުގައި ލައިޕްޒިގުން މޮޅަށް ކުޅެމުން ދަނިކޮށް ސިޓީން ލީޑު ނެގީ ލުކޭބާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ރިޑްލް ބަކޫ ލަނޑެއް ޖަހައި ލައިޕްޒިގަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ފަހުން އެންޒޯ ފެނާންޑޭޒް ބޮލުން ކާމިޔާބުކުރި ލަނޑުން ސިޓީ އަލުން ކުރިހޯދި ނަމަވެސް، ނޫސާ ޖެހި ލަނޑުން ލައިޕްޒިގުން އަނެއްކާވެސް ނަތީޖާ އެއްވަރުކުރިއެވެ.

މެންޗެސްޓާ ސިޓީ މި މެޗުން މޮޅުވީ، އެލިއަޓް އެންޑަސަން ތަނަވަސްކޮށްދިން ފުރުސަތަކުން އާލިންގ ހާލާންޑް ޖެހި ލަނޑުންނެވެ.

ރިއެކްޝަންސް

ކޮމެންޓް