މިޑްޓާމް އިންތިޚާބުގެ ނަތީޖާއަށް އީރާން ހަނގުރާމައިގެ އަސަރުކޮށްފި: ޓްރަމްޕް

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ ބަލިވުމަށް، އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގެ އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މީޑިއާއާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިގެން ދިއުމަކީ ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަށެވެ. އަދި ތެލުގެ އަގު އުފުލި، ރައްޔިތުންގެ ޚަރަދުތައް ބޮޑުވުމަކީ ރައްޔިތުންގެ ނުރުހުން އުފެދުނު ސަބަބެއް ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

އިންތިޚާބުގެ ނަތީޖާއާއެކު ކޮންގްރެސްގެ ދެ ގޭގެ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައިވާއިރު، ޓްރަމްޕް ވަނީ ޑިމޮކްރެޓުން ކުރި މަސައްކަތަށް މަރުޙަބާ ދަންނަވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް