ފުލުހުންގެ ކޮންސްޓަބަލުން ހޯދަން އިއުލާންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮންސްޓަބަލުންގެ މަގާމަށް މީހުން ހޯދުމަށް ފުލުހުންގެ މުއައްސަސާއިން އިއުލާންކޮށްފިއެވެ. މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ދެ ޖިންސްގެ މީހުންނަށްވެސް ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މަގާމުގެ ޝަރުތުތައް:

  • އުމުރު: 18 އަހަރާއި 35 އަހަރާ ދެމެދު.

  • އިސްކޮޅު: ފިރިހެނުންގެ އިސްކޮޅުގައި މަދުވެގެން 5 ފޫޓު 5 އިންޗި، އަދި އަންހެނުންގެ އިސްކޮޅުގައި މަދުވެގެން 5 ފޫޓު 2 އިންޗި ހުރުން.

  • ތައުލީމީ ފެންވަރު: އެސްއެސްސީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް އަދި އޯ ލެވެލް އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން (ނުވަތަ އެއާ އެއްވަރުގެ/މަތީ ސަނަދެއް އޮތުން)؛ ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ފަދަ ޚާއްޞަ ފަންނީ ހުނަރެއް ލިބިފައިވުން.

އުޖޫރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: މަހަކު 8,990 ރުފިޔާ.

  • މަގާމުގެ އެލަވަންސް: މަހަކު 6,510 ރުފިޔާ.

  • އެހެނިހެން އިނާޔަތްތައް: ފުލުހުންގެ ވަޒީފާގެ ގަވާއިދުގެ ދަށުން ލިބޭ އެހެނިހެން އެލަވަންސްތަކާއި، ކެއުމާއި ބޭސްފަރުވާގެ ޚިދުމަތް.

ރިއެކްޝަންސް

ކޮމެންޓް