އެމެރިކާއިން އީރާނުގެ ގިޝްމް ރަށަށް ހަމަލާދީފި

ސްޓްރެޓީޖިކް ގޮތުން މުހިންމު ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އީރާނުގެ ގިޝްމް ރަށަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިޝްމް ރަށަށް މި ހަމަލާތައް ދީފައިވަނީ ހޯމަ ދުވަހުއެވެ.

ހަމަލާތަކަށްފަހު ގިޝްމް ރަށުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ވެސް ވަނީ ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ފާހަގަކޮށްފައިވާ ގޮތުގައި، މިއީ ވޭތުވެދިޔަ ހަފުތާތަކުގައި އީރާނުގެ އެކި އަމާޒުތަކަށް އެމެރިކާއިން ދެމުންދާ ކުދި ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާއެވެ.

މި ހަމަލާގެ މަޢުލޫމާތު ފެންމަތިވުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާދިނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

ރިއެކްޝަންސް

ކޮމެންޓް