ޞިއްޙީ ނިޒާމު ހަރުދަނާކުރަން "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދައި ބޯޑު އެކުލަވާލައިފި

ސަރުކާރުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލްތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ހޮސްޕިޓަލްތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން "ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލް" އަކަށް ހިންގުމަށްޓަކައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމް.ޓީ.އެޗް.ޖީ) އުފައްދަވައިފިއެވެ.

މި ބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.

އަލަށް އުފެއްދެވި އެމް.ޓީ.އެޗް.ޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ބޯޑެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން މި ބޯޑާއި ބޯޑުން ބަލަހައްޓާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.

ސަރުކާރުން މިހާރު ވަނީ އެމް.ޓީ.އެޗް.ޖީ ގެ ގަވަރނިންގ ބޯޑު އެކުލެވިގެންވާ ގޮތް އާންމުކޮށްފައެވެ. 18 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ޞިއްޙީ ދާއިރާގެ ގިނަ ދުވަހުގެ ތަޖުރިބާކާރެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފެވެ. އަދި ވައިސް ޗެއަރޕަރސަންގެ މަޤާމަށް އައިޓީ ދާއިރާގެ ތަޖުރިބާކާރު ޙުސައިން ޙަލީމް ވަނީ ހަމަޖައްސަވާފައެވެ.

މި ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ:

  • އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީ.އީ.އޯ)

  • ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދު (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)

  • ނަޔާޒު އަޙްމަދު (ޕްރައިމަރީ ހެލްތްކެއަރ ތަޖުރިބާކާރު)

  • ޑޮކްޓަރ މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ތަޖުރިބާކާރު)

  • ފާޠިމަތު ޢާފިޔާ ވަޙީދު (ނަރސިންގ ދާއިރާގެ ތަޖުރިބާކާރު)

  • މޫސާ ކަލީމް ޤާސިމް (ހުޅުމާލެ ހޮސްޕިޓަލް)

  • މުޙައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)

  • ޢާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލް)

  • އަލްއުސްތާޛާ ތަސްލީމާ (ހެލްތު މިނިސްޓްރީގެ ރެޕްރެޒެންޓޭޓިވް)

  • އާދަމް ބަދުރުﷲ (ފިނޭންސް މިނިސްޓްރީގެ ރެޕްރެޒެންޓޭޓިވް)

  • ނާޡިމާ ޢަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)

  • ޑޮކްޓަރ އަޙްމަދު ޢަދީލް ނަޞީރު (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)

  • ޙުސައިން ޢާޞިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ)

  • އަޙްމަދު އަޝްރަފް (ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)

  • ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީ.އީ.އޯ)

  • ފަތުޙުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލުގެ އިސްވެރިޔާ)



މި ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަން:

1. ދަރުމަވަންތަ ހޮސްޕިޓަލް
2. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް
3. ހުޅުމާލެ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. މޯލްޑިވިއަން ބްލަޑް ސަރވިސަސް
6. މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ދަށުން ހިނގަމުންދާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ
7. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
8. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
9. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
10. ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
11. ގަން ރީޖަނަލް ހޮސްޕިޓަލް
12. ފުވައްމުލަކު ހޮސްޕިޓަލު

ރިއެކްޝަންސް

ކޮމެންޓް