އައްޑޫ މީދޫއަށް މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި

މާލެއިން އައްޑޫ ސިޓީ މީދޫއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރެއްވި ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ މީދޫ، އިރާކް، ޢަބްދުﷲ ޝައުނު (19އ) އެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ޝައުނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް