މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު މިއަދު 23 ރުފިޔާއަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ކަޅުބިލަމަސް ގަންނަނީ ކިލޯއަކަށް 23 ރުފިޔާއަށެވެ.

މިފްކޯއިން އާންމުކުރި އަގުތަކުގެ ތެރެއިން، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނާނީ 20 ރުފިޔާއަށެވެ.

މިއަދު ކަޅުބިލަމަސް ކިލޯއެއް 23 ރުފިޔާއަށް ގަންނާނީ މިފްކޯގެ ތިން ސެންޓަރުކަމަށްވާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން، ތ. ހިރިލަންދޫ، ގދ. ތިނަދޫ، މ. މުލަކު އަދި ހއ. އިހަވަންދޫ ބަނދަރުތަކުންނެވެ.

މިފްކޯއިން މިހާރު ކަޅުބިލަމަސް ގަންނަ އަގު ދޭތެރެ ދޭތެރެއިން ބަދަލުކުރަމުން ގެންދަނީ ސަޕްލައި އެންޑް ޑިމާންޑަށް ބަލައިގެންނެވެ.

މިފްކޯ އުފައްދާފައި ވަނީ 1 ނޮވެމްބަރު 1993 ގައެވެ. މިއަދަކީ އެ ކުންފުނީގެ 33 ވަނަ އަހަރީ ދުވަހެވެ.

ރިއެކްޝަންސް

ކޮމެންޓް