ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި 10 ވޯޓު ފޮށި ބަހައްޓަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ޖުމްލަ 10 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ފަހަރުގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ދާއިރާއެއްގައެވެ. އެއީ ވ. ތިނަދޫ ކައުންސިލްގެ ރައީސް، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް، ވ. ތިނަދޫ ޑަބްލިއުޑީސީ މެންބަރު، އަދި ސ. ހުޅުދޫ ޑަބްލިއުޑީސީ މެންބަރުގެ މަގާމެވެ. މިއިން ކޮންމެ ދާއިރާއަކުން ވެސް އިންތިހާބު ކުރަނީ އެއް މަގާމެވެ. ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ ވަށަފަރާއި ހުޅުދޫއާއި ތިނަދޫގެ އިތުރުން މާލެ އަދި ހުޅުމާލޭގައެވެ.

އިންތިހާބުގެ ވޯޓު ނެގުން އޮންނާނީ 2026 ނޮވެމްބަރު 28 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ނަގާ ނިމޭތާ ބައިގަޑިއިރުގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި އިންތިހާބާ ގުޅޭގޮތުން ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުން ކަނޑައަޅާފައިވާ ހާއްސަ ފޯމު މެދުވެރިކޮށް އީމެއިލްއިން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ވޯޓު ނަގާ ދުވަހު މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ހުށަހެޅޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.

ރިއެކްޝަންސް

ކޮމެންޓް