ތިނަދޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

ތިނަދޫ ސިޓީގައި ފުލުހުންގެ ތަފާތު ގޮފިތައް ގުޅިގެން ހިންގި ޚާއްޞަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފިއެވެ.

މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށްފައިވެއެވެ. އަދި އެ ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 6.3 ގްރާމް ހުރި ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • އަޙްމަދު ހާޝިމް (36އ) - ގދ. ތިނަދޫ / މިނިވަންއައްސޭރި

  • އަތޫފް އަޙްމަދު (25އ) - ގދ. ތިނަދޫ / ވެހަފުލާ

  • ނާޖިދު ޢަބްދުﷲ (42އ) - ގދ. ތިނަދޫ / ވިލާޑީލައިޓް

  • މުޙައްމަދު ޝާއިފް ޖަލީލް (18އ) - ގދ. ގައްދޫ / ފުސްފަރާގެ

ހައްޔަރުކުރެވުނު 4 މީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް