ނަޞްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކުރަނީ

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ އެއްގަމާއި ކަނޑުގެ ޓްރެފިކަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ބަދަލުތަކަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހުގެ ނިޔަލަށެވެ.

މިގޮތުން އެއްގަމު ދަތުރުފަތުރަށް ގެނެވޭ ބަދަލުތަކަށް ބަލާއިރު، ފަރިތަކުރުންތައް ކުރިއަށްދާ ދުވަސްތަކުގެ މެންދުރުފަސް 15:30 އިން ފެށިގެން ހަރަކާތްތައް ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. މީގެއިތުރުން، ކަނޑުގެ ދަތުރުފަތުރަށް ގެނެވޭ ބަދަލުގެ ދަށުން، އެ ދުވަސްތަކުގެ މެންދުރުފަސް 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަޙައްދުގެ ފަޅުތެރެ ވެސް އާންމު އުޅަނދުފަހަރަށް ވަނީ ބަންދުކޮށްފައެވެ.

މި ބަދަލުތަކާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް