މާވަށު ވޮލީ ކޯޓުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

ލ. މާވަށު އައުޓްޑޯ ވޮލީ ކޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މާވަށު ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޯޓުގައި ޓާފް އެޅުމުގެ މަސައްކަތްތަކެވެ. ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ކޮންކްރީޓް އެޅުމާއި، ދަގަނޑުގެ މަސައްކަތްތަކުގެ އިތުރުން ކަރަންޓު ވައިރިންގއާއި، ޓާފް އެޅުމާއި ވޮލީ ކޯޓަށް ބޭނުންވާ އެކި ސާމާނު ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ 120 ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމެވެ.

ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވަމުންދާއިރު، ރާއްޖޭގެ ތަފާތު އެކި ރަށްރަށުގައި ކުޅިވަރު ކުޅޭނެ ޒަމާނީ ވަސީލަތްތަކާއި ތަންތަން ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.

ރިއެކްޝަންސް

ކޮމެންޓް