މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ 90 އެއްހާ އިމާރާތަށް ފެންވަދެގެން ރިޕޯޓުކޮށްފި

މެދުނުކެނޑި ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވުމާ ގުޅިގެން 89 އިމާރާތަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރޭ ބުނެފިއެވެ.

އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، ރޭ 23:00 އާ ހަމައަށް ފެންބޮޑުވިޔަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމަށް އެދިފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ:

  • ގޭބިސީތަކާއި ވިޔަފާރިތައް: 33 ގެއެއް، 35 ފިހާރަ، 5 ކެފޭ/ރެސްޓޯރަންޓް، 2 ކްލިނިކް އަދި 2 ގުދަން.

  • އެހެނިހެން އިމާރާތްތައް: 4 ސްކޫލް، ސަރުކާރާއި އަމިއްލަ އެކި 5 އިމާރާތް، 1 އޮފީސް އިމާރާތް އަދި ކޮންސްޓްރަކްޝަން ސައިޓެއް.

މީގެއިތުރުން ގެއަކުން ނަޖިސް ލީކުވުމުގެ މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ. އެންޑީއެމްއޭއިން ވަނީ މާލެ ސިޓީ ކައުންސިލާ 10،000 ވެލިގޯނި ހަވާލުކޮށް، 31 ތަނެއްގައި ވެލިބަސްތާ ޖަހައިދީފައެވެ.

ފާއިތުވި 24 ގަޑިއިރު މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރިއެކްޝަންސް

ކޮމެންޓް