ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ދެއްވި ރަސްމީ ޖާފަތުގައި، ރައީސްގެ ދެކަނބަލުން މިރޭ ބައިވެރިވެވަޑައިގެންފިއެވެ.
މި ޖާފަތް އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ، އައިވާން-އީ-ސަދްރުގައެވެ. މި ފަރިއްކޮޅުގައި ދެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
ރައީސް ޑރ. މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅު ކުރިއަށްދާނީ، މިއަދުގެ ނިޔަލަށެވެ. ރައީސްގެ މި ދަތުރުފުޅުގައި މިއަދު މުހިންމު ކަމަކަށް އޮންނާނީ ޕާކިސްތާނުގައި ބާއްވާ ބިސްނަސް ފޯރަމް އާއި ޕާކިސްތާންގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލު ކުރެއްވުމެވެ.
މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާއެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ.




