ސެޕްޓެމްބަރު މަހު ޕީޖީ އޮފީހުން 290 މައްސަލައެއްގައި ދައުވާކޮށްފި

ނިމިދިޔަ ސެޕްޓެމްބަރު މަހު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން 290 މައްސަލައެއްގައި ކޯޓުތަކަށް ދައުވާ ހުށަހަޅައި، 1192 އަޑުއެހުމަކަށް އެ އޮފީހުގެ ވަކީލުން ހާޒިރުވެއްޖެއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ މަހު ތަހުގީގީ އިދާރާތަކުން ޖުމްލަ 256 މައްސަލައެއް އެ އޮފީހަށް ވަނީ ބަލައިގަނެފައެވެ.

މީގެ އިތުރުން، ތަހުގީގީ އިދާރާތަކުން ހުށަހެޅި މައްސަލަތަކާއި ހިނގަމުންދިޔަ ތަހުގީގުތަކާ ގުޅިގެން 678 ފަހަރެއްގެ މަތިން ޕީޖީ އޮފީހުން ވަނީ ގާނޫނީ ލަފާ ފޯރުކޮށްދީފައެވެ. މިއީ ތަހުގީގުތައް ފުރިހަމަކޮށް، ދައުވާ އުފުލުމަށް ބޭނުންވާ ގާނޫނީ މިންގަނޑުތައް ހަމަކުރުމަށް ދެވުނު ލަފާތަކެކެވެ.

ތަހުގީގު ނިމި ދައުވާކުރުމުގެ މަރުހަލާއަށް ދިޔަ މައްސަލަތަކުގެ ތެރެއިން، އެކި ބާވަތުގެ ކުށްތަކާ ގުޅިގެން ޖުމްލަ 290 މައްސަލައެއް ޝަރީއަތަށް ފޮނުވާފައިވެއެވެ.

ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި 1192 އަޑުއެހުމުގެ ތެރޭގައި މާލޭގެ ކޯޓުތަކުގެ އިތުރުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކާއި މަތީ މަރުހަލާގެ ކޯޓުތަކުގައި ކުރިއަށްދިޔަ ޝަރީއަތްތައް ހިމެނެއެވެ.

ރިއެކްޝަންސް

ކޮމެންޓް