ވިޒިޓް މޯލްޑިވްސް އިޔާ 2027 ގެ ކެމްޕެއިން ލަންޑަންގައި ލޯންޗްކޮށްފި

"ވިޒިޓް މޯލްޑިވްސް އިޔާ 2027 - ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިން، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2026 ގައި ރާއްޖެއިން ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މި ކެމްޕެއިން ލޯންޗްކުރީ ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށެވެ. މި ކެމްޕެއިނަކީ އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރުމަށް ފަތުރުވެރިންނަށް ދެވޭ ދައުވަތެކެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕެއިން ތައާރަފްކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ޢަބްދުﷲ ޔާސިރެވެ.

ވަޒީރު އަމީން ވިދާޅުވީ، މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި، މުއްސަނދި ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ރާއްޖޭގައި ކުރެވޭ ތަފާތު ތަޖުރިބާތައް ފާހަގަކޮށް، ވިޔަފާރިތަކަށާއި މުޖުތަމަޢުތަކަށް އައު ފުރުޞަތުތަކެއް ފަހިކޮށްދޭނެ ކަމެއް ކަމަށެވެ.

"ސަނީ ސައިޑް އޮފް ލައިފް" މުޅި ދުނިޔެއާއެކު ފާހަގަކުރަމުން، 2027 ވަނަ އަހަރަކީ އަބަދުވެސް ހަނދާން އާކުރާނެ ފަދަ ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމުގެ އުއްމީދު ވެސް ވަޒީރު ފާޅުކުރެއްވިއެވެ.

ރިއެކްޝަންސް

ކޮމެންޓް