މިއަދަކީ ނަސްރުގެ ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، އިމިގްރޭޝަންގެ އޮފީސްތަކުން ޕާސްޕޯޓާ ގުޅުންހުރި ހިދުމަތްތައް މިއަދު ވެސް ދެމުންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ނެގުމަށް މާލެ އަދި އައްޑޫ ސިޓީގެ އޮފީސްތަކުން ނަންބަރު ދޫކުރަނީ ހެނދުނު 8:30 އިން ފެށިގެން ކަމަށެވެ. ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ އޮފީސްތަކުން ނަންބަރު ދޫކުރާނީ ހަވީރު 4:00 އާ ހަމައަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އަދި އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ހިދުމަތް ހޯދުމަށް 9555333 އަށް ގުޅުއްވުމަށް ވެސް އިމިގްރޭޝަނުން އެދިފައިވެއެވެ.



