ހއ. ދިއްދޫ ފުޓްސަލް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ހއ. ދިއްދޫގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ވަށާފާރު ރޭނުމާއި ކަރަންޓު އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ޖުމްލަ 1.74 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ދިއްދޫގެ ޒުވާނުންނަކީ ފުޓްސަލް ކުޅުމަށް ބޮޑު ޝައުޤުވެރިކަމެއް ދޭ ބަޔަކަށްވާއިރު، މި ދަނޑުގެ މަސައްކަތް ނިމުމުން ހުސްވަގުތު މުނިފޫހިފިލުވުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި އެކަށީގެންވާ ރަނގަޅު ވަސީލަތެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ދިއްދޫ ފުޓްސަލް ދަނޑުގެ އިތުރުން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ދަނީ ކާމިޔާބުކަމާއެކު ހިންގަމުންނެވެ. އަދި ކަނޑައެޅިފައިވާ މުއްދަތަށް މި މަޝްރޫޢު ނިންމައި ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ކުންފުނީގެ މުހިންމު އަމާޒެކެވެ.

ރިއެކްޝަންސް

ކޮމެންޓް