ކ. ތުލުސްދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ټްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތްތަކެވެ. ތުލުސްދޫ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ފުލުހުންގެ އޮފީސް އިމާރާތެއް ބިނާކުރުމުގެ އިތުރުން، ގައިދީން ބައިތިއްބާނެ ޚާއްޞަ ތަނަކާއި، ގަރާޖެއް އަދި ވަށައިފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 38.91 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރެވުނު މި މަޝްރޫޢަކީ 360 ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކުރެވިފައިވާ މަޝްރޫޢެކެވެ.

