ހުޅުމާލޭ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ބަންދު މުއްދަތެއް ޖަހާފައިވަނިކޮށް މިނިވަންވި މީހެއް

 މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތިން މީހުން އަރުވައިގެން، ވަންވޭއާ އިދިކޮޅަށް ދުއްވި ސައިކަލު އެކްސިޑެންޓްވިއިރު، އެ ސައިކަލު ދުއްވަން އިނީ މި މަހުގެ އެއްވަނަ ދުވަހު މަކަރާއި ހީލަތުގެ މައްސަލައެއްގައި 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވަނިކޮށް މިނިވަންވި، ހ. ލާމިޔާ އަޙްމަދު އުވައިސް އެވެ.

 15 ދުވަހަށް މުއްދަތު ޖަހާފައިވަނިކޮށް، އޭގެ ހަފްތާއެއް ފަހުން އޭނާ ދުއްވި ސައިކަލު އެކްސިޑެންޓްވީއިރު، އެއީ ކާކުކަން ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އުވައިސް ބަންދުން މިނިވަންވީ މައްސަލައިގެ ތަހުގީގަށްފަހު ފުރިހަމަކުރަންޖެހޭ މަރުހަލާތަކަށް ފަހުގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އުވައިސް ދުއްވި އެ ސައިކަލު އެކްސިޑެންޓްވީ ގަވާއިދުން ދެ މީހުންނާއެކު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި އަދިވެސް ފަރުވާދެމުން އަންނައިރު، ދެ މީހަކަށް ވޯޑުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހަކުވެސް ހިމެނެއެވެ.

ރިއެކްޝަންސް

ކޮމެންޓް