ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖް ހައިވޭގައި، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 4:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފްޞީލުތައް ފަހުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ރިއެކްޝަންސް

ކޮމެންޓް