ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިމަހު 5 ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފިއެވެ.
ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވުނު ތިން މައްސަލައަކާ ގުޅިގެން ނައްތާލާފައިވާ މި ތަކެތީގެ ތެރޭގައި 500 އެމްއެލްގެ 2,547 ފުޅި ބަނގުރަލާއި، 5 ލީޓަރުގެ 23 ފުޅި ބަނގުރަލުގެ އިތުރުން ޕްލާސްޓިކް ޓައްޕު ހިމެނޭ ގޮތަށް ނުވަ އައިޓަމެއް ހިމެނެއެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގަވާއިދުގެ މަތިން، އެކަމަށްޓަކައި ޚާއްޞަކޮށް އެކުލަވާލާފައިވާ ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ.





