ޔުކްރޭނުން ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ދޭ ހަމަލާތައް ނުހުއްޓުވައިފިނަމަ އިންޓެލިޖެންސް ހިއްސާކުރުމާއި ހަތިޔާރު ވިއްކުން ހުއްޓާލާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

ޔުކްރޭނުން ރަޝިޔާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދެމުންދާ ވަރުގަދަ ހަމަލާތައް ނުހުއްޓުވައިފިނަމަ، އެ ގައުމަށް ފޯރުކޮށްދޭ އަސްކަރީ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމާއި ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތައް ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކަމާބެހޭ އިދާރާތަކުގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރުން ވަނީ މިފަދަ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ކަންބޮޑުވުން ކީވްއަށް ހިއްސާކޮށްފައެވެ.

އެމެރިކާއިން މިފަދަ ހަރުކަށި އިންޒާރެއް ދީފައިވަނީ ރަޝިޔާގެ އެތެރޭގައިވާ ހަކަތައިގެ އިންފްރާސްޓްރަކްޗަރތަކަށް އަމާޒުކޮށް ޔުކްރޭނުން ދޭ ޑްރޯން ހަމަލާތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެމެރިކާގެ އަސްކަރީ އެހީތެރިކަމާއި އިންޓެލިޖެންސް މަޢުލޫމާތު މެދުކަނޑާލައިފިނަމަ، ހަނގުރާމައިގެ މައިދާނުގައި ޔުކްރޭނަށް ކުރިމަތިވާ ގޮންޖެހުންތައް އިންތިހާއަށް ބޮޑުވެގެންދާނެއެވެ.

ރިއެކްޝަންސް

ކޮމެންޓް