އާޖެންޓީނާ ބަލިކޮށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން އިން ކާމިޔާބުކޮށްފިނަސްރުﷲ މުޙައްމަދު3 months agoFacebookXPinterestLinkedInWhatsAppTelegramSHAREFacebookTwitterLinkedInPinterestEmail ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ޗެމްޕިއަންކަން އާޖެންޓީނާ ބަލިކޮށް ސްޕެއިން އިން ހޯދައިފިއެވެ. އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސްޕެއިން އިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 2010 ވަނަ އަހަރަށްފަހު ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސްޕެއިން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 106 ވަނަ މިނެޓުގައި ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑާއެކު ސްޕެއިން އިން ވަނީ މެޗުގެ ކޮންޓްރޯލް އެއްކޮށް ހޯދާފައެވެ. މުޅި މެޗުގައިވެސް ސްޕެއިން އިން ވަނީ އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ސްޕެއިން އިން އާޖެންޓީނާގެ ގޯލަށް 20 ހަމަލާ ފޮނުވާލިއިރު އާޖެންޓީނާއަށް މުޅި މެޗުގައި ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. މެޗުގެ ފަހުކޮޅު އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ދުނިޔޭގެ މަޝްހޫރު ގިނަ ފަންނާނުންތަކެއް ދަނޑަށް ހާޒިރުވިއެވެ. އޭގެ ތެރޭގައި ޓޮމް ކްރޫޒް، މެޑޯނާ، ޖަސްޓިން ބީބަރ، ޝަކީރާ އަދި ބީޓީއެސް ހިމެނެއެވެ. މީގެ އިތުރުން މެޗުގެ ހާފްޓައިމް ޝޯގައި ބައެއް ފަންނާނުން ވަނީ ހުށަހެޅުންތައް ހުށަހަޅާދީފައެވެ. އާޖެންޓީނާވޯލްޑް ކަޕް 2026ސްޕެއިންރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށްކޮމެންޓް ކުރެއްވުމަށްގުޅޭ ލިޔުންތައްމާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރަން ފުލުހުންނާއި މޮބިލިޓީ އޮފީސް މަޝްވަރާކޮށްފި2 days agoމީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި2 days agoދަނގެތި ބަނދަރު މަޝްރޫޢު: ތޮށިގަނޑު ބްލޮކްތަކުގެ 6 ވަނަ ޝިޕްމަންޓް ގެންގޮޮސްފި2 days ago
މީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި2 days ago