ވޯލްޑް ކަޕްގައި ނަތަންޔާހޫ ސަޕޯޓްކުރަނީ އާޖެންޓީނާއަށް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ސަޕޯޓްކުރާކަން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.

އޭނާ މިކަން އިއުލާންކޮށްފައިވަނީ އިސްރާއީލުގެ މަގުބޫލު ކޮމީޑިއަން ބެން ބެން ބާރޫކް ހުށަހަޅާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަދައްކަމުންނެވެ.

https://x.com/BilSports_/status/2075342037193273728

ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނި ގޮތުގައި، އޭނާ އާޖެންޓީނާއަށް ސަޕޯޓްކުރަނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ މޮޅު ކުޅުމުގެ ސަބަބުންނެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ތާއީދު އެ ގައުމަށް އޮތީ އާޖެންޓީނާގެ މިހާރުގެ ރައީސް ހާވިއޭ މައިލީ އާ އޮތް ގާތް ގުޅުމެއްގެ ސަބަބުންނެވެ.

 އާޖެންޓީނާގެ ރައީސް މައިލީއަކީ އިސްރާއީލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ، އަދި އިސްރާއީލުގެ ގާތް އެކުވެރިއެއްކަން ނަތަންޔާހޫ ފާހަގަކުރިއެވެ. މީގެ އިތުރުން ނަތަންޔާހޫ ވަނީ މައިލީއަކީ މިނިވަން އިގްތިސާދެއް ގާއިމުކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރައްވާ "އިގްތިސާދީ ސުޕަސްޓާރެއް" ކަމަށް ސިފަކޮށްފައެވެ.

 

 "އަހަރެން މި މުބާރާތުގައި ސަޕޯޓްކުރަނީ އާޖެންޓީނާއަށް. އެއީ އެ ގައުމުގެ ރައީސް ހާވިއޭ މައިލީއަކީ އިސްރާއީލުގެ ވަރަށް ގާތް، ވަފާތެރި މިތުރަކަށް ވާތީ."ނަތަންޔާހޫ ބުންޏެވެ.

  ނަތަންޔާހޫ މިހެން ބުނުމާއެކު ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް މިކަމަށް ވަނީ ހުއްޓިފައެވެ. ހާއްސަކޮށް، ދާދިފަހުން ކުޅުނު ގަދަ 16 ގެ ފޯރިގަދަ މެޗެއްގައި އާޖެންޓީނާއިން 3-2 ގެ ނަތީޖާއަކުން މިސްރު ބަލިކޮށް، ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ދަނޑިވަޅެއްގައެވެ. 

ރިއެކްޝަންސް

ކޮމެންޓް