ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ސުޒައިން އިސްތިއުފާ ދީފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އަލީ ސުޒެއިން އިސްތިއުފާދީފިއެވެ.

ކޯޗުކަމުން އިސްތިއުފާދޭން ނިންމައިފިކަމަށް ސުޒެއިން ބުނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

އެގޮތުން މި ނަތީޖާގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށާއި، މިއީ ގައުމީ ޓީމާ އެހެން ކޯޗެއް ހަވާލުވުމުގެ ވަގުތު ކަމަށް ޤަބޫލުކުރާކަމަށާއި އެހެންކަމުން ގައުމީ ކޯޗުގެ މަގާމާ ދުރަށްދާން  ނިންމާފައިވާ ކަމަށް ސުޒެއިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް