ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ހަމަޖައްސަވައިފި

މިހިނގާ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި، އޭގެ ޖެހިގެން އަންނަ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރުގެ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި އޮތުމުންނެވެ.

އެހެންކަމުން، ހަފުތާ ބަންދާއެކު ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމުގެ މަގްސަދުގައި، ނޮވެންބަރު 12 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް