ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިވަރސިޓީގައި މަތީ ވަނަތައް ޙާޞިލްކުރި 9 ދަރިވަރަކަށް އެވޯޑްތައް ހަވާލުކޮށްދެއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި 98 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.




