ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިނިސްޓަރު ރާފިއު، އެމެރިކާއެކު މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޢަބްދުﷲ ރާފިއު، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ ޝާރްޜޭ ޑި އެފެއަރޒް ޑޭވް ވިލިއަމްސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން ތަމްރީނާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް މެދުވެރިކޮށް ދިވެހި ކޯޗުންގެ ހުނަރު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށާއި، ޒުވާނުން ބާރުވެރިކުރުވުމަށް ހުރި ފުރުސަތުތައް ދެނެގަތުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރިއެކްޝަންސް

ކޮމެންޓް