ފަރެސްމާތޮޑާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ ކޮޓަރިއެއް ވަރަށް ބޮޑަށް އަނދައިފިއެވެ.

ފުލުހުން ބުނީ، ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 04:15 އެހައިކަންހާއިރު ކަމަށެވެ.

މި ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި އެ ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ. ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަލިފާނުގެ ސަބަބުން އެ ގޭގެ އެ ކޮޓަރި ވަނީ ވަރަށް ބޮޑަށް އަނދައި ގެއްލުން ވެފައެވެ.

މިހާތަނަށް ބެލި ބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ކޮޓަރީގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް