މުމްބާއީގައި އެކްޓަރު ޓައިގަރ ޝްރޯފަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް؛ ސަލާމަތްވީ ކިރިޔާ!

އިންޑިއާގެ މުމްބާއީގައި މަޝްހޫރު ބޮލީވުޑް އެކްޓަރު ޓައިގަރ ޝްރޯފަށް އަމާޒުކޮށް ނުރައްކާތެރި ބަޑީގެ ހަމަލާތަކެއް ދީފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ސައިކަލެއްގައި އައި ދެ މީހަކު ޓައިގަރ ޝްރޯފަށް އަމާޒުކޮށް ހަމަލާއިން ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.

ނަމަވެސް، އެ ސަރަހައްދުގައި ތިބި އާންމުންގެ ދެ މީހަކަށް ހަމަލާ އަމާޒުވެ ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ.

މި ހާދިސާއާ ގުޅިގެން މުމްބާއީގެ ފުލުހުން ވަނީ ވަގުތުން ޚާއްޞަ ތަހުގީގެއް ފަށައި، ހަމަލާދިން ދެ މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައެވެ.

މުމްބާއީ ފުލުހުން ބުނާ ގޮތުގައި، މި ހަމަލާގެ ފަހަތުގައިވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގަކުން ކަމަށް ބެލެވޭތީ، ސެކިއުރިޓީ ކެމެރާތަކުގެ ފޫޓޭޖްތައް ބަލައި، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ޒަޚަމްވި ދެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް