ގެއްލިގެން ހޯދަމުންދިޔަ 56 އަހަރުގެ މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ 22:06 ހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަގުތުން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންނާއި އާއިލާ ގުޅިގެން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ރިއެކްޝަންސް

ކޮމެންޓް