ހޮޅިދަނޑިއެއްގައި ކާރެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ހުޅުމާލޭގައި ކޮންޓްރޯލުން ނެއްޓިގެން ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން، އެ ކާރު ދުއްވި ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ބަގީޗާ ހިނގުމުގައި ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 04:33 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ކާރު ދުއްވަން އިނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓާ ގުޅިގެން އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ކާރަށާއި ހޮޅިދަނޑިއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

ފުލުހުން ވަނީ ޑްރައިވަރުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަންސް

ކޮމެންޓް