ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަމަހަމަ ފުރުސަތު ހޯދައިދޭނަން: ރައީސް

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ލިބިގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި، އެފަދަ ކުދިންގެ ހުނަރުތައް ތަރައްގީކޮށް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރޮގްރާމުގައި، ޚާއްސަ އެހީއަށް ބޭނުންވާ ދަރިއެއްގެ ބެލެނިވެރިއަކު ވަނީ އެފަދަ ކުދިންނަށް ސްކޫލު މަރުހަލާ ނިމުމުން ކުރިއަށް ދިއުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ރައީސްގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ޚާއްސަކޮށް، މޮޅަށް ކުރަހަން އެނގޭ އެ ކުއްޖާގެ ހުނަރު ދައްކުވައިދީ، އިތުރަށް ކުރިއަށް ގެންދާނެ ފުރުސަތެއް ނެތްކަމުގެ ކަންބޮޑުވުން އެ ބެލެނިވެރިޔާ ފާޅުކުރި އެވެ.

އެ ޝަކުވާތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މުޖުތަމައުގައި ހަމަހަމަ ފުރުސަތު ލިބުން ކަށަވަރުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި އެ ކުއްޖާގެ ހުނަރު ދައްކައިލެވޭނެ އަދި އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެ އިންތިޒާމުތައް ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ރިއެކްޝަންސް

ކޮމެންޓް