ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ

ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދަނީ މޫސުމީ ވިއްސާރައެކެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ބޯކޮށް ވާރޭވެހެމުންދާކަން މެޓް އޮފީހުން ފާހަގަކުރެއެވެ.

ވައިގެ ބާރުމިނާއި ކަނޑުތަކުގެ ހާލަތު:

  • ވައިގެ ބާރުމިން އާއްމުގޮތެއްގައި އުޅޭނީ ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގައެވެ.

  • ވަޔާއި ކަނޑުތައް އާއްމުގޮތެއްގައި މަޑުވި ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރަ އަންނަ ހަފްތާއަށްވެސް ދެމިގެންދާނެކަމަށް ފެންނަކަމަށެވެ.

ރިއެކްޝަންސް

ކޮމެންޓް