ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވާތީ ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށެވެ.

މޫސުން ގޯސްވި ނަމަވެސް، ވައިގެ ބާރުމިން އުޅޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ކަމަށާއި ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން އަންދާޒާކުރެއެވެ. ނަމަވެސް، ވާރޭވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު (ވިސިބިލިޓީ) ވަނީ ދަށްވެފައެވެ. އެގޮތުން އާންމުކޮށް 9 ކިލޯމީޓަރަށް ދުރު ފެންނައިރު، މިވަގުތު ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައެވެ.

ރިއެކްޝަންސް

ކޮމެންޓް