މެންދަމުގެ ވަގުތެއްގައި ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ހަތް ދުވަސް ޖަހައިދީފައެވެ. މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެއްކޮޅަށް ދުއްވާ މަގެއްގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
މި މައްސަލައިގައި ގަވާއިދާ ހިލާފަށް ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ ލައިސަންސް ނެތް މީހެކެވެ. އޭނާ ކުރިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށްފަހު ފުލުހުން ދޫކޮށްލީ ތަހުގީގު ނިމުމުން ކަމަށް ބުނެފައިވާއިރު، އޭނާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި މީހުންނަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފައެވެ.




