ރާއްޖޭގެ ދެކުނަށް ހުދު ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އަންނަ ސަރަހައްދުތަކަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ހަވީރު 17:45 އިން ފެށިގެން މިރޭ 23:45 އާ ހަމައަށް މި ސަމާލުގެ ދަށުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ވިއްސާރައިގެ ވަގުތުތަކުގައި ވައިގަދަވެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަވުމުގެ ފުރުސަތު އޮތުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.

ރިއެކްޝަންސް

ކޮމެންޓް